ކުޅިވަރު ޤާނޫނަކީ ދިވެހިރާއްޖެއަށް މުޅިން އަލަށް 2015 ވަނަ އަހަރު ވުޖޫދައް ގެނެވުނު ޤާނޫނެކެވެ. މި ޤާނޫނު އިސްލާޙުކުރުމުގެ ވާހަކަ މިދުވަސްކޮޅު ތަންކޮޅެއް އަޑު ގަދަކޮށް އިވެއެވެ. ޤާނޫނު ވުޖޫދުވެގެން އައިތާ މާގިނަދުވަސްތަކެއް ވެފައިނުވާއިރު، މި ޤާނޫނަށް ބޮޑެތި ބޮޑެތި އިސްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ކުޅިވަރުގައި ޚަރަކާތްތެރިވާ ގިނަބަޔަކު ޤަބޫލުކުރާކުރުން ރަނގަޅެވެ. މިކަމަށް އަޅުގަނޑުވެސް ތާޢީދެވެ! ޚިޔާލު ތަފާތުވުން އުފެދެނީ އިސްލާހު ކުރަންޖެހޭ ކަންކަމާއި ކުރަންޖެހޭ ގޮތާއިމެދުއެވެ. މިއީ މައްސަލައެއްREAD MORE

މާލެ އޮތީ ފުރަބަންދެއްގައެވެ. މަސައްކަތް ކުރެވޭނެ މާހައުލެއް ނެތެވެ. ފައިސާ ހޯދޭނެ މަގެއް ނެތެވެ. ބައެއް ވިޔަފާރިތަކަށް ކޮންމެވެސް ސިފައެއްގައި ވިޔަފާރި ކުރުމުގެ “ހުއްދަ” ދެވިފައި ވީނަމަވެސް، މި ފުރަބަންދުގައި އެންމެ ލޯ ލާރިއެއްވެސް ހޯދޭނެ ގޮތެއް ނެތިފައިވާ ވިޔަފާރިތައް އެބަހުއްޓެވެ. “ޒަރޫރީ” ކެޓަގަރީގައި ލައްވައި ނުލައި، “ގަނޑުކޮށް މުދާ ވިއްކާ” ކެޓަގަރީގައިވެސް ލައްވާނުލާ ބައެއް ވިޔަފާރިތައް އެބަހުއްޓެވެ. ފުރަބަންދެއްގައި ތިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ހެލްތު ޕްރޮޓެކްޝަންREAD MORE

މުދައްރިސުންނަކީ ކިޔަވާދޭން ތިބޭ ބަޔެކެވެ. ދަރިވަރުންނަށް އުނގަންނައިދީ އެކުދިންނަކީ ޢިލްމުވެރި ބަޔަކަށް ހެދުމުގެ ބުރަ މަސްޢޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބޭ ބައެކެވެ. މި ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއްވެސް ލިބޭކަމަށް އަޅުގަނޑަށް ޤަބޫލުރެވެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ސްކޫލްތަކުން އެ މުދައްރިސުންނާއިމެދު ޢަމަލު ކުރަނީ އެމީހުންގެ މުހިންމުކަން ކުޑަވާފަދަ ގޮތަކަށެވެ. ޢިހްތިރާމް ކުޑަވާފަދަ ގޮތަކަށެވެ. އެއީ މަސައްކަތުމީހުންހެން ހީވާ ހިސާބަށްވެސް ބައެއް ފަހަރުދެއެވެ. ސްކޫލުން ހިންގާ ޙަރަކާތްތަކުގައި އެސްކޫލެއްގެ މުދައްރިސުންނާއި ހުރިހާREAD MORE

ބޮޑުޚަރަދުކޮށްފައި ހަދާފައިވާ ގެސްޓް ހައުސްތަކާއި ސަފާރީތައް އަދި ގޭގޭގައި ޖަހާފައި ހުންނަ ސްޓެއިންލެސް ސްޓީލް ޗެންޗޭނު ތަކުގައި ދަބަރުޖަހާފައި ހުންނަތަން މި ދިވެހިރާއްޖެއިން ފެންނަނީ މަދެއްކޮށެއް ނޫނެވެ. ދަބަރުނުޖަހައި، ގިނަދުވަހަށް ރީތިކޮށް ޗެންޗޭނުތައް ބަހައްޓަން ބޭނުންނަމަ، ތިމާގެ ގޭގައި ނުވަތަ ގެސްޓް ހައުސްގައި ނުވަތަ ސަފާރީގައި ޗެންޗޭނުޖެހުމަށް މޮޅުކޮލިޓީގެ މެރިން ސްޓެއިލެސް ސްޓީލް ބޭނުންކުރުން މުހިންމެވެ. ބާޒާރުގައި ހުންނަ ކޮންމެ ޕްރޮޑަކްޓަކީވެސް އެކި ފެންވަރުގައި ލިބެން ހުނާނެ ޕްރޮޑަކްޓަތަކެކެވެ. މިގޮތުންREAD MORE

ދަޢުލަތުން ދޭ ޚިދުމަތްތަކަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަ ހަމަކަމާއި ފަސޭހަކަމާއިއެކު ލިބެން ހުންނަންވާނެ ޚިދުމަތްތަކެކެވެ. ޚިދުމަތްތައް ލަސްނުވެ އަވަހަށް ނިންމާލުމުގެ ބޭނުމުގައި ރިޝްވަތުގެ މުޑުދާރު ޢަމަލުތައް ހިންގުމަކީ އާންމު ނޫން ކަމެއްކަމުގައި ދެންނެވޭކަށް ނެތެވެ. ބައެއް މުއައްސަސާ ތަކަކީ ފަތިހު 4 ޖަހާއިރުން ފެށިގެން ކިޔު ހަދަންފަށަން ޖެހޭ ތަންތަނަށް ވެފައިވުމަކީ އެމުއައްސަސާތަކުން ގަސްދުގައި ކޮރަޕްޝަނާއި ފަސާދައާއި ރިޝްވަތުގެ ޢަމަލުތައް ހިންގުމަށް އާންމުކޮށް ދީފައިވާ ދައުވަތެއް ކަމުގައި ދެންނެވިދާނެއެވެ.READ MORE

އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، ރަށެއް ނުވަތަ ޤައުމެއް މާލީގޮތުން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ތަފާތެވެ. މިތަފާތުތައް ދެނެގަނެ، ދަސްކޮށް، އެ މަގުން ހިނގައިގެން ނޫންގޮތަކަށް ދެމެހެއްޓެނިވި އަދި ދާއިމީ ގޮތެއްގައި އެރަށްރަށް ކުރިއެރުވުމަކީ ނުވާނެކަމެކެވެ. މިތަފާތުތައް ދެނެނުގަނެ އެރަށަކަށް މާލީގޮތުން ކުރިއެރުން ހޯދަން އުޅެފިނަމަ ގިނަފަހަރަށް މާލީ ގޮތުން ކުރިއަރައި، ފުރޭނީ އަމިއްލަ ފަރާތެއް ނުވަތަ މަދު އަމިއްލަ ފަރާތްތަކެއްގެ ޖީބުތަކެވެ. ރަށުގެ ތަރައްޤީ އަށްREAD MORE

ކަންކަމަށް ފާޑުކިޔުމަކީ އަޅުގަނޑުމެން އެންމެން ކޮށްއުޅޭ ކަމެކެވެ. ޚާއްސަކޮށް ހިތްހަމަ ނުޖެހޭ ކަންކަމަށް ނުވަތަ ހިތްހަމަނުޖެހޭ މީހަކު ނުވަތަ ބަޔަކު ކުރާ ކަންކަމަށް ފާޑުކިޔުމަކީ އާންމުކަމެކެވެ. މިއީ މީގެ ޒާތުގައި މައްސަލައެއް ނޫނެވެ. ކުރިއެރުން ލިބޭނީވެސް ހޯދޭނީވެސް ފާޑުކިޔައި، ފާޑުކިޔުންތައް ބަލައިގަނެ، ފާޑުކިޔުންތަކުގެ މައްޗަށް ބިނާކޮށް، އެކަންކަން ނުވަތަ ކަމެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެންނެވެ. ނަމަވެސް މައްސަލައަކީ ފާޑުކިޔުމުގައި ވިސްނަންޖެހޭ ކަންކަމަށް ނުވިސްނައި ތިމާ ހިތުހުރިހާ އެއްޗެއް ކިޔުމެވެ. ނުވަތަ ގޮވުމެވެ.READ MORE

ދިވެހި މަސައްކަތްތެރިންނަކީ ނުހަނު ހީވާގި ބައެކެވެ. އަމިއްލަ މަސައްކަތުން ބޮޑެތި އޮޑިފަހަރު ބަނދެ، ބޮޑެތި ރަށްތައް އާބާދުކޮށްފައިވާ ބައެކެވެ. އަމިއްލަ ގެދޮރު އަމިއްލަ ދެއަތުން ބިނާކުރަމުން އައި ބައެކެވެ. އަމިއްލަ ރުކުގެ ކާށި އެޅޭނެ ޤާބިލްކަން ލިބިފައިހުރި ބައެކެވެ. ނަމަވެސް ޒަމާންބަދަލުވެ، މިކަންކަމަކީ ‘އިހުޒަމާނުގެ ދިވެހިން’ ކޮށްއުޅުނު ކަންކަން ކަމުގައިވާން މިހާރުވަނީ ފަށާފައެވެ. މިކަން ހުއްޓުވުމަށް ނުވަތަ މަޑުޖެއްސުމަށް ދިވެހި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްކޮށް، ދިވެހި މަސައްކަތްތެރިކަމަކީ އެޓްރެކްޓިވް މަސައްކަތްތަކެކަމުގައިREAD MORE

މާލޭގެ ދެކޮޅަށްދުއްވާ ބައެއް މަގުތަކުގައި ދެފަރާތް ވަކިކުރުމަށް ޖަހާފައިވާ ގައުތަކަކީ މަގުތައް ތޮއްޖެހުން މަދުކުރުމަށް މިސަރުކާރުން އެޅި މުޙިއްމު އަދި އެފިޝަންޓް ފިޔަވަޅެކެވެ. އޯވަރޓޭކް ކުރުމުގެ ބޭނުމުގައި މަގުގެ ނުބައިފަރާތަށް އުޅނަދުތައް އެރުމުން މަގު ތާށިވެ، އެތައްބަޔަކަށް އޭގެ އުނދަގޫވެއެވެ. އެންމެ މީހެއްގެ ޢަމަލުތައް ހުންނަގޮތުން ޓްރެފިކްގައި މަޑުކޮށްގެން ތިބެންޖެހޭ ވަގުތު އެތައްގުނައެއް ގިނަވެގެންދާދިޔުން މަދުކުރުމަށް މިދެންނެވި ގައުތަކުގެ ޙިއްސާ ބޮޑެވެ. ނަމަވެސް، މި ގައުތަކުގެ ފަރުމާއަކީ މިކަމަށް އެންމެREAD MORE

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިފައިވާ ބައެކެވެ. މީގެ އެތައް ގަރުނެއްކުރިން ފެށިގެން މިދީނުގެ ހިޔާވަހިކަމުގެ ދަށުގައި ދިރިއުޅެމުންއަންނަ ބައެކެވެ. ހުކުރުދުވަހު އަހަރެމެން ދިވެހިންގެ ޑެއިލީ ޝެޑިއުލްއަށް ގެންނަ ބަދަލުތަކާއި، ގޭގޭގެ ކެޔުމަށް ގެންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ދިރުއުޅުމާއި އިސްލާމްދީނާއި ގުޅިލާމެހިފައިވާ މިންވަރު އަންގައިދޭ އަލިގަދަހެއްކެކެވެ. ތުއްތުކުދިން ގޮވައިގެން ހުކުރުނަމާދަށް ދިޔުމަކީވެސް ދިވެހީންގެ ތެރެއިން ގިނަބަޔަކު ބޮޑު ‘އަހައްމިއްޔަތުކަމެއް ދީގެން’ މިދުވަހު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، މިކަމުގައިވެސް ވިސްނާލަންޖެހޭREAD MORE