އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި، ރަށެއް ނުވަތަ ޤައުމެއް މާލީގޮތުން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ތަފާތެވެ. މިތަފާތުތައް ދެނެގަނެ، ދަސްކޮށް، އެ މަގުން ހިނގައިގެން ނޫންގޮތަކަށް ދެމެހެއްޓެނިވި އަދި ދާއިމީ ގޮތެއްގައި އެރަށްރަށް ކުރިއެރުވުމަކީ ނުވާނެކަމެކެވެ. މިތަފާތުތައް ދެނެނުގަނެ އެރަށަކަށް މާލީގޮތުން ކުރިއެރުން ހޯދަން އުޅެފިނަމަ ގިނަފަހަރަށް މާލީ ގޮތުން ކުރިއަރައި، ފުރޭނީ އަމިއްލަ ފަރާތެއް ނުވަތަ މަދު އަމިއްލަ ފަރާތްތަކެއްގެ ޖީބުތަކެވެ. ރަށުގެ ތަރައްޤީ އަށްREAD MORE

ދިވެހި މަސައްކަތްތެރިންނަކީ ނުހަނު ހީވާގި ބައެކެވެ. އަމިއްލަ މަސައްކަތުން ބޮޑެތި އޮޑިފަހަރު ބަނދެ، ބޮޑެތި ރަށްތައް އާބާދުކޮށްފައިވާ ބައެކެވެ. އަމިއްލަ ގެދޮރު އަމިއްލަ ދެއަތުން ބިނާކުރަމުން އައި ބައެކެވެ. އަމިއްލަ ރުކުގެ ކާށި އެޅޭނެ ޤާބިލްކަން ލިބިފައިހުރި ބައެކެވެ. ނަމަވެސް ޒަމާންބަދަލުވެ، މިކަންކަމަކީ ‘އިހުޒަމާނުގެ ދިވެހިން’ ކޮށްއުޅުނު ކަންކަން ކަމުގައިވާން މިހާރުވަނީ ފަށާފައެވެ. މިކަން ހުއްޓުވުމަށް ނުވަތަ މަޑުޖެއްސުމަށް ދިވެހި މަސައްކަތްތެރީންގެ ހައްޤުތައް ހިމާޔަތްކޮށް، ދިވެހި މަސައްކަތްތެރިކަމަކީ އެޓްރެކްޓިވް މަސައްކަތްތަކެކަމުގައިREAD MORE

ވިޔަފާރިކުރާ ތަންތަން އަވަހަށް ބަންދުކުރުމަކީ މުޖްތަމަޢުއަށް ފައިދާތަކެއް ކުރަނިވި، އަޅުގަނޑަށް ޤަބޫލުކުރެވޭކަމެކެވެ. ނަމަވެސް ވިޔަފާރިތައް ބަންދުކުރުމުގައި އެކިވައްތަރުވައްތަރުގެ ވިޔަފާރިތަކާއި، އެކި ގިންތިތަކުގެ ވިޔަފާރިތައް ހުޅުވާފައިބެހެއްޓޭ ގަޑިތަކަށް ތަފާތުކުރުމަކީ މިކަންކުރުމަށް އެންމެއެކަށޭނެގޮތެވެ. އާންމު ވިޔަފާރިކުރާގަޑިތަކުގެ އިތުރަށް ބައެއްކަހަލަ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަކީ އާންމުންނަށް މިކަމުގެ އުނދަގޫނުވެ މިކަންކުރުމަށް ކޮށޭ މަގެއްކަމުގައި ވެގެންދާނެއެވެ. ރޭގަނޑު 9 ޖަހާއިރު އާންމު ވިޔަފާރިތައް ބަންދުކުރުން ރޭގަނޑު 9 ޖަހާއިރަކީ އާންމުވިޔަފާރިތައް ބަންދުކުރުމަށް އަވަސްގަޑިއެއް ނޫނެވެ. އިޝާREAD MORE