ބޮޑުޚަރަދުކޮށްފައި ހަދާފައިވާ ގެސްޓް ހައުސްތަކާއި ސަފާރީތައް އަދި ގޭގޭގައި ޖަހާފައި ހުންނަ ސްޓެއިންލެސް ސްޓީލް ޗެންޗޭނު ތަކުގައި ދަބަރުޖަހާފައި ހުންނަތަން މި ދިވެހިރާއްޖެއިން ފެންނަނީ މަދެއްކޮށެއް ނޫނެވެ. ދަބަރުނުޖަހައި، ގިނަދުވަހަށް ރީތިކޮށް ޗެންޗޭނުތައް ބަހައްޓަން ބޭނުންނަމަ، ތިމާގެ ގޭގައި ނުވަތަ ގެސްޓް ހައުސްގައި ނުވަތަ ސަފާރީގައި ޗެންޗޭނުޖެހުމަށް މޮޅުކޮލިޓީގެ މެރިން ސްޓެއިލެސް ސްޓީލް ބޭނުންކުރުން މުހިންމެވެ.

ބާޒާރުގައި ހުންނަ ކޮންމެ ޕްރޮޑަކްޓަކީވެސް އެކި ފެންވަރުގައި ލިބެން ހުނާނެ ޕްރޮޑަކްޓަތަކެކެވެ. މިގޮތުން ޗެންޗޭނުޖަހަން އަހަރެމެން ދިވެހިން މި ބޭނުންކުރާ ސްޓެއިންލެސް ސްޓީލް ހޮޅިއަކީވެސް އެކި އެކި ކޮލިޓީގައި މިދިވެހި ބާޒާރުން މިހާރު ލިބެންހުންނަ ބިލްޑިންގ މެޓީރިއަލްއެކެވެ.

ރާއްޖޭގައި އެންމެ އާންމު ސްޓެއިންލެސް ސްޓީލް ގްރޭޑް އަކީ SS304 ގްރޭޑްގެ ސްޓެއިންލެސް ސްޓީލެވެ. ނުވަތަ އާދައިގެ ސްޓެއިންލެސް ސްޓީލެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން އާންމުކޮށް ލިބެންހުންނަނީވެސް މިދެންނެވި ކޮލިޓީގެ ސްޓެއިންލެސް ސްޓީލެވެ. ދިވެހި ބާޒާރުގައި ދެންގެންޅެނީ SS316 ނުވަތަ SS316L ގްރޭޑްގެ ސްޓެއިންލެސް ސްޓީލެވެ. ނުވަތަ މެރިން ސެޓްއިންލެސް ސްޓީލެވެ. މިއީ، މަދު ވިޔަފާރިތަކަކުން ނޫނީ ނުލިބޭ، އާދައިގެ ސްޓެއިންލެސް ސްޓީލަށްވުރެ އެތައްގޮތަކުން ރަނގަޅު، ދަބަރުޖެހުން ދުރު ސްޓެއިންލެސް ސްޓީލްއެކެވެ.

SS304 ގްރޭޑް ސްޓެއިންލެސް ސްޓީލް ނުވަތަ އާދައިގެ ސްޓެއިންލެސް ސްޓީލަކީ ދުނިޔޭގެ ގިނަ ޤައުމުތަކުކައި އާންމުކޮށް ޗެންޗޭނުޖެހުމަށް ބޭނުންކުރާ ސްޓެއިންލެސް ސްޓީލަކަށް ވީނަމަވެސް، އަހަރެމެންގެ މި ދިވެހިރާއްޖެ ތަފާތެވެ. ވައިގެ ތެތްކަން ނުވަތަ ވައިގައި ފެންހުންނަ މިންވަރު ވަރަށް މައްޗެވެ. މޫދު ލޮނުގެ އަސަރު ހުރިހާ ގޭގެއަށް ކުރެއެވެ. ޚާއްސަކޮށް އަތިރިމައްޗަށް ވާގޮތަށް ހަދާފައި ހުންނަ ގެސްޓްހައުސްތަކާއި ކަނޑުތަކުގައި ދުއްވާ ސަފާރީ އޮޑިފަހަރަށް ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. މިހެންވެ، އާދައިގެ ސްޓެއިންލެސް ސްޓީލަކީ ބޭރުގެ ބެލްކަނިތަކާއި، ސަފާރީ އޮޑިފަހަރުތަކުގެ ޗެންޗޭނުތަކަށް އަދި އެހެނިހެން އައުޓްޑޯރ ސްޓްރަކްޗަރތަކަށް ބޭނުންކުރަން އެންމެ ކަމުދާ ގްރޭޑްގެ ސްޓެއިންލެސް ސްޓީލަކަށް ނުވެއެވެ. މިދެންނެވި ކަންކަމަށް އެންމެ ރަނގަޅީ މެރިން ސްޓެއިންލެސް ސްޓީލެވެ.

މެރިން ސްޓެއިންލެސް ސްޓީލަކީ އާދައިގެ ސްޓެއިލެސް ސްޓީލަށްވުރެ ބޮޑަށް އޮފުކުރެވޭ ސްޓެއިލެސް ސްޓީލެކެވެ. އަދި، ދަބަރުޖެހުމާއި، ދަބަރު ލައްޖެހުން ދުރު މި ސްޓެއިލެސް ސްޓީލަކީ އުމުރު ދިގު، މެއިންޓަނަންސް ޚަރަދުކުޑަ ސްޓެއިލެސް ސްޓީލެކެވެ. ތިމާގެ އުޅަނދުގެ ނުވަތަ ގެސްޓް ހައުސްތަކުގެ ރީތިކަމާއި ހައިބަތު ނުގެއްލި އަދި ޢިމާރާތުގެ ޗެންޗޭނުތައް ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަށް ކުރަމުންއައި އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ފެންވަރުގެ ސްޓެއިންލެސް ސްޓީލެކެވެ. ދަބަރުފައިބައި، އިމާރާތާއި އުޅަނދުތައް ހަޑިވުމުން ސަލާމަތްކުރުމަށް އޮތް ޙައްލަކީވެސް މިއީއެވެ.

މީގެ 30 އެތައް އަހަރެއްގެ ކުރިން މާލޭ އުތުރު ފަރާތު ޖެޓީތަކުގައި ޖަހާފައިވާ ސްޓެއިންލެސް ސްޓީލް ޗެންޗޭނުތައް ފަދައިން ރީތިކޮށް ތިމާގެ އަމިއްލަ ގެއާއި ގެސްޓް ހައުސް އަދި ސަފާރީތަކުގެ ޗެންޗޭނުތައްވެސް ބެހެއްޓެން އެބަހުއްޓެވެ. އެފުރުޞަތު މިހާރު ކޮންމެ ދިވެއްސަކަށް އަދި ދިވެހިރާއްޖޭގައި ޚަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކަށް މިހާރު އެބައޮތެވެ. މެރިން ސްޓެއިންލެސް ސްޓީލް ހޮޅީގެ އިތުރުން ފްލޭންޖާއި އިސްކުރު އަދި އެހެނިހެން މެޓީރިއަލްތައް މިހާރު މިދިވެހިރާއްޖެއިން ލިބެން އެބަހުއްޓެވެ. ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ޚަރަދު ނުވަތަ ރަނިންގ ކޮސްޓް ދައްކުރަން ކުރެވެންހުރި ކަންކަން ކުރުން މުޙިއްމެވެ. ވިޔަފާރިގެ ފައިދާ ބޮޑުވާނީ އޭރުންނެވެ.