ކަންކަމަށް ފާޑުކިޔުމަކީ އަޅުގަނޑުމެން އެންމެން ކޮށްއުޅޭ ކަމެކެވެ. ޚާއްސަކޮށް ހިތްހަމަ ނުޖެހޭ ކަންކަމަށް ނުވަތަ ހިތްހަމަނުޖެހޭ މީހަކު ނުވަތަ ބަޔަކު ކުރާ ކަންކަމަށް ފާޑުކިޔުމަކީ އާންމުކަމެކެވެ. މިއީ މީގެ ޒާތުގައި މައްސަލައެއް ނޫނެވެ. ކުރިއެރުން ލިބޭނީވެސް ހޯދޭނީވެސް ފާޑުކިޔައި، ފާޑުކިޔުންތައް ބަލައިގަނެ، ފާޑުކިޔުންތަކުގެ މައްޗަށް ބިނާކޮށް، އެކަންކަން ނުވަތަ ކަމެއް ކުރިއެރުވުމަށް މަސައްކަތްކޮށްގެންނެވެ. ނަމަވެސް މައްސަލައަކީ ފާޑުކިޔުމުގައި ވިސްނަންޖެހޭ ކަންކަމަށް ނުވިސްނައި ތިމާ ހިތުހުރިހާ އެއްޗެއް ކިޔުމެވެ. ނުވަތަ ގޮވުމެވެ.READ MORE

ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިޔާވަހިކަން ލިބިފައިވާ ބައެކެވެ. މީގެ އެތައް ގަރުނެއްކުރިން ފެށިގެން މިދީނުގެ ހިޔާވަހިކަމުގެ ދަށުގައި ދިރިއުޅެމުންއަންނަ ބައެކެވެ. ހުކުރުދުވަހު އަހަރެމެން ދިވެހިންގެ ޑެއިލީ ޝެޑިއުލްއަށް ގެންނަ ބަދަލުތަކާއި، ގޭގޭގެ ކެޔުމަށް ގެންނަ ބަދަލުތަކަކީ އަޅުގަނޑުމެންގެ ދިރުއުޅުމާއި އިސްލާމްދީނާއި ގުޅިލާމެހިފައިވާ މިންވަރު އަންގައިދޭ އަލިގަދަހެއްކެކެވެ. ތުއްތުކުދިން ގޮވައިގެން ހުކުރުނަމާދަށް ދިޔުމަކީވެސް ދިވެހީންގެ ތެރެއިން ގިނަބަޔަކު ބޮޑު ‘އަހައްމިއްޔަތުކަމެއް ދީގެން’ މިދުވަހު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، މިކަމުގައިވެސް ވިސްނާލަންޖެހޭREAD MORE

ސަޔަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައި، އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ޒަމާނުގެ ތަރައްޤީއާއި ތަހުޒީބުގެ ތެރެއިން ގޭގެ ބޮޑުއަށިތަކާއި ކާމޭޒުތަކުން ނިކުމެ ސައިބޯ ހޮޓާތަކާއި ކެފޭތަކުން އެއްޗެއް ކަޅެއް ބޮމުންއައިސް، މިހާރު މިވަނީ ކޮފީއަށް ދިޔުމަށް ބަދަލުވެފައެވެ. ކުރިން ސައެއްބޯލުމަށް ވަންނަނީ ބަނޑުހައި ފިލުވާލުމަށްކަމުގައި ވީނަމަވެސް، މިހާރު އާންމުކޮށް މީހުން މިކިޔާ ކޮފީތަކަށް ގޮސްއުޅެނީ، ރައްޓެހިންނާއި ބައްދަލުކޮށްލާށެވެ. ނުވަތަ ތިމާގެ އަމިއްލަ ވާހަކައެއް އެހެންމީހަކާއިREAD MORE

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައިފަހުން މިހާރު ދުވަސްތަކެއް ފާއިތުވެ ގޮސްފިއެވެ. ބައެއް ވިޔަފާރިތައް މިކަމަށް މަރުޙަބާ ކީއިރު، އަނެއްބައި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެފަރާތްތަކުން ދެކެއެވެ. ޙާއްސަކޮށް ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިކުރާ ފަރާތްތަކުން މިޝަކުވާކުރާލެއް ބޮޑެވެ. ބައެއް ވިޔަފާރިތަކަށް ގެއްލުން ވީކަމުގައި ނަމަވެސް، މުޖްތަމަޢުގެ ހަމަޖެހުމަށް މިކަމުގެ ސަބަބުން ކުރާނެ ފައިދާއަކީ ހަމަގައިމުވެސް ފައިސާއިން އަގުނުކުރެވޭނެ ފައިދާތަކެއްކަމުގައި ދަންނަވަން ޖެހެއެވެ.READ MORE

ކުށް ކުރުން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް މިރާއްޖޭގައި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ ގިނައިން ކުރާއެއްކަމަކީ އެކުށްކުރި މީހާއަށް އަދަބު ދިނުމެވެ. ނުވަތަ އަދަބު ދެވޭތޯ ބެލުމެވެ. އެކި ނަންނަމުގައި ޖޫރިމަނާކުރުމާއި، ހައްޔަރު ކުރުމާއި، ޖަލައްލުމާއި، އަރުވާލުމާއި، ގޭގައި ބަންދުކުރުން ފަދަ ކަންކަމަކީ އެންމެ ގިނައިންކުށްވެރިންނަށް ދެވޭ އަދަބުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. ސުވާލަކީ ކުށްކުރާމީހުންނަށް މިއަދަބުތައް ދިނުމުން، އެ އަދަބެއް ދޭ މަޤްސަދު ހާޞިލް ވޭބާވައެވެ؟ ބައެއްފަހަރު ވެއެވެ.READ MORE

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ރައްޔިތުން، ކާމޭޒުމަތީގައި ނުވަތަ އާއިލީ ބައްދަލުވުންތަކުގައި ދައްކަން ހެޔޮނުވާވަރުގެ ވާހަކަތަކުގެ ލިސްޓްގެ އެންމެކުރީގައި އެމީހެއްގެ ސިޔާސީ ފިކުރުގެ ވާހަކަދެއްކުން ހިމަނާފައިވަނީ، ސިޔާސީ އެކި އެކި ފިކުރުތަކުގެ މީހުން ނޫޅޭތީޔަކީ އެއްނޫނެވެ. ނަމަވެސް، އެކަމުގެ ސަބަބުން ލިބޭނެ އެއްވެސް ހެޔޮ ނަތީޖާއެއް ނޯންނާނެތީއެވެ. ދޭދޭ ފަރުދުންގެ ގުޅުމަށާއި، އާޢިލީ ގުޅުމަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި، ސިޔާސީ ގޮތުން ކުރަންޖެހޭ ކަންކަންކުރުމަކީ ސިޔާސީ ބޭފުޅުންގެ ޒިންމާއެކެވެ.READ MORE

އަހަރެމެންގެ މިދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެއަކީ ރާއްޖެ އާއި ދުނިޔޭގައިވެސް، ނިސްބަތުން އެންމެގިނަ މީހުން ދިރިއުޅޭ އެއްރަށެވެ. ތޮއްޖެހި، ފުރިބާރުވެފައިވާ މިރަށުގެ މަގުތައް އެއްފަހަރާ އެތައްހާސް ބައެއްބޭނުން ކުރަމުންދެއެވެ. ހަނިމަގުތައްގިނަ މިކުޑަކުޑަ ރަށުގެ މަގުތައް ބޭނުންކުރަމުން އަންނަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން ދާއިރު، މިމަގުތައް ބޭނުންކުރުމުގައި އަނެކުންނަށް ފޯރާފާނެ އުނދަގުލަކަށް ވިސްނާލަނީ ކިތައްބޭފުޅުންބާވައެވެ؟ ޙާއްސަކޮށް، އެއްގަމު އުޅަނދު ބޭނުންކުރާ ފަރާތްތަކުން މިކަމާއި ދޭތެރޭ ވިސްނާލަނީ ކިހާވަރަކަށް ބާވައެވެ؟READ MORE

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިި ކުރާ ގިނަ އިގްތިޞާދީ މަސައްކަތްތަކުގައި ބިދޭސީ މަސައްކަތްތެރިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެންމެކުޑަމިނުން، ޒަމާނުއްސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމުގައިވެސް ބިދޭސީންގެ ބޭނުން އޮޑިވެރިން މިހާރު ވަރަށް ބޮޑަށްހިފައެވެ. ލޯކަލް މާރުކެޓުގެ ގޮޅިތަކުގައިވެސް ބިދޭސީން ތިބެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިބިދޭސީންގެ ފަރާތުން އަހަރެމެން ދިވެހިންނަށް ލިބޭފަސޭހަތައް ހަނދާނުގައި ހުންނަނީ މަދުބައެކެވެ. އެމީހަކީ ބަންގްލަދޭޝް މީހަކަށްވިޔަސް، ނުވަތަ އެމީހަކީ އިންޑިއާ ނުވަތަ ސްރީލަންކާގެ މީހެއްކަމުގައި ވީނަމަވެސް،READ MORE

ލިބޭއެއްޗަކުން ދެކޮޅުނުޖެހި، ކުރަންހުރި ޒަރޫރީ ކަންކަން ނުކުރެވި ހުންނަ ވާހަކައަކީ އަޅުގަނޑަށްވެސް ދޭތެރެ ދޭތެރެއިން އަޑުއިވޭ ވާހަކައެކެވެ. މަސައްކަތްކޮށްގެން ލިބޭ މުސާރަކޮޅު މަހުން މަހަށް ޚަރަދުވެ، ބޮޑުލާރިއެއްހާ މިންވަރުވެސް ފަހަށް ރައްކާނުކުރެވޭ ވާހަކައާއި، އަނބިދަރީންނަށް އަންނައުނު ނުގަނެދެވޭ ވާހަކައެވެ. ފޫގޮސްފައިވާ ގޭގެ ފުރާޅުގެޓިނުތައް ބަދަލުނުކުރެވިގެން އުޅޭވާހަކައެވެ. އަދި މިނޫނަސް ކޮންމެހެން ކުރަންޖެހޭ، ނަމަވެސް ފައިސާ ނެތިގެން ނުކުރެވި ހުންނަ ކަންތަކުގެ ވާހަކަ ރައްޓެހިންނާއި ގާތްތިމާގެ މީހުންގާތު ދެއްކުމަކީ އަހަރެމެން ދިވެހިންގެREAD MORE