ސަޔަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކުރަމުން އައި، އަދި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ޒަމާނުގެ ތަރައްޤީއާއި ތަހުޒީބުގެ ތެރެއިން ގޭގެ ބޮޑުއަށިތަކާއި ކާމޭޒުތަކުން ނިކުމެ ސައިބޯ ހޮޓާތަކާއި ކެފޭތަކުން އެއްޗެއް ކަޅެއް ބޮމުންއައިސް، މިހާރު މިވަނީ ކޮފީއަށް ދިޔުމަށް ބަދަލުވެފައެވެ. ކުރިން ސައެއްބޯލުމަށް ވަންނަނީ ބަނޑުހައި ފިލުވާލުމަށްކަމުގައި ވީނަމަވެސް، މިހާރު އާންމުކޮށް މީހުން މިކިޔާ ކޮފީތަކަށް ގޮސްއުޅެނީ، ރައްޓެހިންނާއި ބައްދަލުކޮށްލާށެވެ. ނުވަތަ ތިމާގެ އަމިއްލަ ވާހަކައެއް އެހެންމީހަކާއިREAD MORE

ވިޔަފާރިކުރާ ތަންތަން އަވަހަށް ބަންދުކުރުމަކީ މުޖްތަމަޢުއަށް ފައިދާތަކެއް ކުރަނިވި، އަޅުގަނޑަށް ޤަބޫލުކުރެވޭކަމެކެވެ. ނަމަވެސް ވިޔަފާރިތައް ބަންދުކުރުމުގައި އެކިވައްތަރުވައްތަރުގެ ވިޔަފާރިތަކާއި، އެކި ގިންތިތަކުގެ ވިޔަފާރިތައް ހުޅުވާފައިބެހެއްޓޭ ގަޑިތަކަށް ތަފާތުކުރުމަކީ މިކަންކުރުމަށް އެންމެއެކަށޭނެގޮތެވެ. އާންމު ވިޔަފާރިކުރާގަޑިތަކުގެ އިތުރަށް ބައެއްކަހަލަ ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމަކީ އާންމުންނަށް މިކަމުގެ އުނދަގޫނުވެ މިކަންކުރުމަށް ކޮށޭ މަގެއްކަމުގައި ވެގެންދާނެއެވެ. ރޭގަނޑު 9 ޖަހާއިރު އާންމު ވިޔަފާރިތައް ބަންދުކުރުން ރޭގަނޑު 9 ޖަހާއިރަކީ އާންމުވިޔަފާރިތައް ބަންދުކުރުމަށް އަވަސްގަޑިއެއް ނޫނެވެ. އިޝާREAD MORE

ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައިފަހުން މިހާރު ދުވަސްތަކެއް ފާއިތުވެ ގޮސްފިއެވެ. ބައެއް ވިޔަފާރިތައް މިކަމަށް މަރުޙަބާ ކީއިރު، އަނެއްބައި ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހުނު ކަމަށް އެފަރާތްތަކުން ދެކެއެވެ. ޙާއްސަކޮށް ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ވިޔަފާރިކުރާ ފަރާތްތަކުން މިޝަކުވާކުރާލެއް ބޮޑެވެ. ބައެއް ވިޔަފާރިތަކަށް ގެއްލުން ވީކަމުގައި ނަމަވެސް، މުޖްތަމަޢުގެ ހަމަޖެހުމަށް މިކަމުގެ ސަބަބުން ކުރާނެ ފައިދާއަކީ ހަމަގައިމުވެސް ފައިސާއިން އަގުނުކުރެވޭނެ ފައިދާތަކެއްކަމުގައި ދަންނަވަން ޖެހެއެވެ.READ MORE

މަސައްކަތްކޮށް ފައިސާ ހޯދުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމަށް އެދޭމީހަކު ކުރާނެ ކަމެކެވެ. ބައެއް މީހުން ހައްޓަށް ބުރަ މަސައްކަތްތައް ކުރާއިރު، އަނެއްބައި މީހުންނަކީ ސިކުޑި ‘ގާނައިގެން’ ފައިސާ ހޯދުމަށް މަސައްކަތް ކުރާމީހުންނެވެ. އަނެއް ބަޔަކީ، އާއިލީ މުއްސަނދިކަމުން ނުވަތަ ލިބިފައިވާ މުއްސަނދި ކަމެއްގެ ސަބަބުން މަސައްކަތެއް ނުކުރިޔަސް ދިރިއުޅެވޭނެ ވަރަށް އާމްދަނީ ލިބޭ މީހުންނެވެ. ކޮންމެ ވަޒީފާއެއްގައި އުޅުނުނަމަވެސް، ދިރިއުޅުމުގެ އަސާސީ ކަންކަން ބަދަލެއް ނުވެއެވެ. ކެއުން ބުއިމާއި ސިއްޙީREAD MORE

Development is what we strive for in our lives on a personal, town, city and country level as well (Meurs and Ranasinghe, 2003). In this modern world that came into existence after the industrial revolution, societies and also countries tend to rely on the relations between each other (Waters, 2001).READ MORE

ކުށް ކުރުން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް މިރާއްޖޭގައި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ ގިނައިން ކުރާއެއްކަމަކީ އެކުށްކުރި މީހާއަށް އަދަބު ދިނުމެވެ. ނުވަތަ އަދަބު ދެވޭތޯ ބެލުމެވެ. އެކި ނަންނަމުގައި ޖޫރިމަނާކުރުމާއި، ހައްޔަރު ކުރުމާއި، ޖަލައްލުމާއި، އަރުވާލުމާއި، ގޭގައި ބަންދުކުރުން ފަދަ ކަންކަމަކީ އެންމެ ގިނައިންކުށްވެރިންނަށް ދެވޭ އަދަބުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. ސުވާލަކީ ކުށްކުރާމީހުންނަށް މިއަދަބުތައް ދިނުމުން، އެ އަދަބެއް ދޭ މަޤްސަދު ހާޞިލް ވޭބާވައެވެ؟ ބައެއްފަހަރު ވެއެވެ.READ MORE

އަނެއްކާވެސް އާކަމެކެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތައް ބޭނުންކުރެވޭނެ އެންމެ ދިގު އުމުރެއް ކަނޑައެޅުމުގެ ވާހަކައެވެ. މިއީ ތަހުޒީބީ މުޖުތަމަޢުތަކުގައި މިކަން ކުރަމުން އަންނަ ގޮތްކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ތަހުޒީބީ ޤައުމުތަކުގައި މިކަން މިގޮތަށް ކޮށްއުޅުނުކަމުގައި ވީނަމަވެސް، އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި މިކަން މިގޮތަށް ކުރާކަށް އަދި އަޅުގަނޑަކަށް ނުފެނެއެވެ. އާންމު މީހަކަށް ބަލާލަމާ ހިނގާށެވެ. ރާއްޖެއިން ބޭރުން ގެންނަ ސައިކަލުން ޑިއުޓީއަށް 100% ގެ ޓެކުހެއްދައްކާފައި ދިވެހިރާއްޖޭގެ ފިހާރަތަކުގައިREAD MORE

ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގެ ރައްޔިތުން، ކާމޭޒުމަތީގައި ނުވަތަ އާއިލީ ބައްދަލުވުންތަކުގައި ދައްކަން ހެޔޮނުވާވަރުގެ ވާހަކަތަކުގެ ލިސްޓްގެ އެންމެކުރީގައި އެމީހެއްގެ ސިޔާސީ ފިކުރުގެ ވާހަކަދެއްކުން ހިމަނާފައިވަނީ، ސިޔާސީ އެކި އެކި ފިކުރުތަކުގެ މީހުން ނޫޅޭތީޔަކީ އެއްނޫނެވެ. ނަމަވެސް، އެކަމުގެ ސަބަބުން ލިބޭނެ އެއްވެސް ހެޔޮ ނަތީޖާއެއް ނޯންނާނެތީއެވެ. ދޭދޭ ފަރުދުންގެ ގުޅުމަށާއި، އާޢިލީ ގުޅުމަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި، ސިޔާސީ ގޮތުން ކުރަންޖެހޭ ކަންކަންކުރުމަކީ ސިޔާސީ ބޭފުޅުންގެ ޒިންމާއެކެވެ.READ MORE

ޓެކްސް ނެގުމަކީ އަޅުގަނޑުމެން ރާއްޖޭގައި އެކި ދުވަސްވަރު، އެކި ނަންނަމުގައި ކުރަމުން އަންނަ ކަމެކެވެ. ދިވެހިރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީއާއި، އެއްގަމު އުޅަނދުތަކުން ނަގާ އަހަރީ ފީއާއި، ވިއްކާ ރެވެނިއު ސްޓޭމްޕް ތަކާއި، ވިޔަފާރި އެކި އެކި ހުއްދަތަކަށް ނަގާ އަހަރީ ފީތަކާއި މިނޫންވެސް އެކި އެކި ނަންނަމުގައި ޓެކްސްގެ ގޮތުގައި ޒަމާނުއްސުރެ ފައިސާ ނަގަމުން އަންނަ ޤައުމެކެވެ. ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި އެކި ޒާތްޒާތުގެ ޓެކްސްREAD MORE

އަހަރެމެންގެ މިދިވެހިރާއްޖޭގެ ވެރިރަށް ކަމުގައިވާ މާލެއަކީ ރާއްޖެ އާއި ދުނިޔޭގައިވެސް، ނިސްބަތުން އެންމެގިނަ މީހުން ދިރިއުޅޭ އެއްރަށެވެ. ތޮއްޖެހި، ފުރިބާރުވެފައިވާ މިރަށުގެ މަގުތައް އެއްފަހަރާ އެތައްހާސް ބައެއްބޭނުން ކުރަމުންދެއެވެ. ހަނިމަގުތައްގިނަ މިކުޑަކުޑަ ރަށުގެ މަގުތައް ބޭނުންކުރަމުން އަންނަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުން ދާއިރު، މިމަގުތައް ބޭނުންކުރުމުގައި އަނެކުންނަށް ފޯރާފާނެ އުނދަގުލަކަށް ވިސްނާލަނީ ކިތައްބޭފުޅުންބާވައެވެ؟ ޙާއްސަކޮށް، އެއްގަމު އުޅަނދު ބޭނުންކުރާ ފަރާތްތަކުން މިކަމާއި ދޭތެރޭ ވިސްނާލަނީ ކިހާވަރަކަށް ބާވައެވެ؟READ MORE